ޚަބަރު

ސަފާރީއަކުން ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު މަރުވެއްޖެ


ސަފާރީއަކުން ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ 64 އަހަރުގެ އެ ފިރިހެން މީހާ މަރުވެފައިވަނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބުމަށްފަހު އޭނާގެ ވަރުދެރަވެގެން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިކަމަށެވެ.

އޭނާ މަރުވެފައިވަނީ ރޭ 21:48 ހާއިރުކަމަށާއި، ހަށިގަނޑު މިހާރު މާލެގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައިވެސް ރާއްޖެއަންނަ ފަތުރުވެރިން މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި މަރުވާ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މިކަން ކަން ވީހާވެސް މަދުކޮށް ފަތުރުވެރިންނަށް އެކަށީގެންވާ މައުލޫމާތު ރިޒޯޓްތަކުން ކުރިއަށްވުރެ ބޮޑަށް ދިނުމުގެ މުހިއްމުކަން ކަމާގުޅުންހުރި އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ.