ސިޔާސީ

ވިހެއުމުން ލިބޭ ޗުއްޓީ ސިފައިންނަށްވެސް ދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ވިހެއުމުން ލިބޭ ޗުއްޓީ ސިފައިންނަށް ދިނުމާއިގުޅޭގޮތުން ސިފައިންގެ ލަފާދޭ ކޮމިޓީއާ ޑިފެންސް މިނިސްޓަރ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ އެކަމުގެ މަޝްވަރާ ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ.

ވިހެއުމުން ލިބޭ ޗުއްޓީ ސިފައިންނަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ، ސިވިލް ސަރވިސްގަ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން މުސާރައާއެކު ހަމަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައިންނަށް މުސާރައާއެކު އެއްމަސް ދުވަހުގެ ޕެޓާނިޓީ ލީވް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.

އެ ސިޔާސަތާ އެއްގޮތަށް، ވިހެއުމުން ލިބޭ ޗުއްޓީ އިތުރުކޮށް ސަރުކާރު ކުންފުނިތަކުންވެސް މިހާރުގެންދަވަނީ އެކަން އިއުލާންކުރައްވަމުންނެވެ.

ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތުގެ ހަމަހަށް އިތުރުކުރުމަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ.