ޚަބަރު

އެމްއެމްއޭގެ ގަވަރަނަރު އަޙްމަދު ނަޞީރު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފި


ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މަރުކަޒީ ބޭންކް އެމް.އެމް.އޭގެ ގަވަރަނަރ އަޙްމަދު ނަޞީރު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފިއެވެ.

ފުލުހުން ބުނީ ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން މިރޭގެ ވަގުތެއްގައި ޤަވަރަނަރު އަޙްމަދު ނަޞީރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާނެކަމަށެވެ. ނަމަވެސް މިކަމާގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކުރައްވާފައިނުވެއެވެ.

އެމް.އެމް.އޭގެ ގަވަރަނަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، ފުލުހުންނަށް ހުށަހެޅި މައްސަލައަކާގުޅިގެން ގަވަރުނަރުގެ މައްސަލައެއް ތަޙްޤީޤްކުރަމުންދާކަމަށް ފުލުހުންވަނީ ކުރިންވެސް ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އިދާރާއަށް ގަވަރުނަރުގެ މައްސަލަ ހުށައަޅުއްވާފައިވަނީ، އެމްއެމްއޭގެ ފައިނޭންސް އިންޓަލިޖަންސް ޔުނިޓުގެ ކުރީގެ ވެރިއަކަށް ހުންނެވި، ޢަބްދުﷲ އަޝްރަފެވެ. އޭނާ މި މައްސަލަ ހުށައަޅާފައިވަނީ، ކުރީގެ ރައީސް ޔާމީނުގެ ލޯންޑަރިންގ މައްސަލަ ފުލުހަށް ހުށައެޅުމާ ގުޅިގެން، ގަވަރުނަރު ނަސީރު އިސްކޮށް ހުންނަވައިގެން އަޝްރަފު މަޤާމުން ވަކިކުރެއްވިކަމުގެ ތުހުމަތުގައެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރުވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީއަށްވެސް ހާހާޒިރުކޮށްފައެވެ.