ޚަބަރު

މާލެ ސްޕޯޓްސް ކުލަބާއި މިލާން ކްރިކެޓް އެކަޑަމީއިން ކުޅުނު މެޗުތަށް ކާމިޔާބުކޮށްފި


ޓީ ޓުވެންޓް ކްރިކެޓް ޕްރިމިއަރ ލީގްގައި އިއްޔެ ކުޅުނު މެޗްތަށް މާލޭ ސްޕޯޓްސް ކުލަބް އާއި މިލާން ކްރިކެޓް އެކަޓަމީ ކާމިޔާބުކޮށްފިއެވެ.

ކޮންމެ ހަފްތާ ބަންދުގައި ކުޅޭ މިމުބާރާތުގައި މެޗްތަކުގެ ތެރެއިން އިއްޔެ މެންދުރު ކުރީގައި ކުރީގައި ކުޅުނު މެޗް މާލޭ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ ނިއު ސްޓަރ ސްޕޯޓްސް ކުލަބްއާއި ވާދަކޮށް 139 ލަނޑުންނެވެ.

މެޗްގައި ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުލަބް ގަސްތުކުރީ ކުޅުމަށެވެ. މާލޭ ސްޕޯޓްސް ކުލަބްއިންވަނީ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 241 ލަނޑު ހަދާފައެވެ. ޖަވާބުގައި ނިއު ސްޓަރ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން އެޓީމްއަށް ހެދުނީ 102 ލަނޑެވެ.

އިއްޔަގައި ކުޅުނު ދެވަނަ މެޗް މިލާން ކްރިކެޓް އެކަޑަމީ ކާމިޔާބުކޮށްފައިވަނީ ހިންނަވަރު ހިރިޔާއާއި ވާދަކޮށް 153 ލަނޑުންނެވެ.
މެޗްގައި ޓޮސް ދިމާވުން މިލާން ކްރިކެޓް އެކަޑަމީ ގަސްދުކުރީ ކުޅުމަށެވެ. މިލާން ކްރިކެޓް އެކަޑަމީއިންވަނީ 20 އޯވަރުގެ ތެރޭގައި 220 ލަނޑު ހަދާފައެވެ. ޖަވާބުގައި ހިންނަވަރު ހިރިޔާއިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި އެޓީމްއަށް ހެދުނީ 67 ލަނޑެވެ.

ޓީ ޓުވެންޓީ ކްރިކެޓް ޕްރިމިއަރ ލީގްގެ ތާވަލްގެ އެއްވަނަގައި މިވަގުތު އޮތީ 6 މެޗުން ލިބުނު 25 ޕޮއިންޓްއާއެކު މިލާން ކްރިކެޓް އެކަޑަމީއެވެ. ސީބީއެލް ސްޕޯތްސް ކުލަބްއަށް ލިބިފައިވަނީ 5 މެޗުން 24 ޕޮއިންޓެވެ. ވިއެންސާރއަށް 5 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ހަތަރުވަނާގައި 6 މެޗުން 20 ޕޮއިންޓް ލިބިގެން އޮތީ މާލޭ ސްޕޯޓްސް ކުލަބެވެ.