ޚަބަރު

އިންތިޚާބީ ޝަކުވާގެ ހަތް މައްސަލައެއްގެ އަޑުއެހުން ހައިކޯޓުގައި ނިންމާލައިފި


މަޖިލިސް އިންތިޚާބުގައި ތިމަރަފުށީގައި ވޯޓުލުމަށް އެދުނު 7 ފަރާތެއްގެ ނަން ފައިނަލް ވޯޓާސް ލިސްޓުގައި ނުހިމެނި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާއިފިއެވެ.

އިންތިޚާބީ ޝަކިވާގެ ގޮތުގައި އިއްޔެ އާއި މިއަދު ހައިކޯޓުގައި ކުރިއަށްދިޔަ ހަތް މައްސަލައަކީ މިމަހުގެ 19ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ކުރި އިޢުލާނަކާ ގުޅިގެން އެ ހަތް ފަރާތުން ހުށައެޅި ޝަކުވާތައް ބަލައިނުގަތް މައްސަލައެކެެވެ.

މީގެ ތެރެއިން ހިއްޔެ 6 މީހެއްގެ މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި ކުރިއަށްދިޔައެވެ. އަދި މިއަދުވަނީ އެކަކުގެ މައްސަލައިގެ އަޑުއެހުންތައް ބާއްވާފައެވެ. މިހަތް ފަރާތުންވެސް އެފިދައިވަނީ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީގައި ވޯޓުލެވޭގޮތަށް ފައިނަލް ލިސްޓުގައި ހިމަނައިދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

މިމައްސަލައާ ގުޅިގެން އެލިކެޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ 19ވަނަ ދުވަހު އެކޮމިޝަނުން ކުރި އިޢުލާނަކީ އިދާރީގޮތުން ފާހަގަކުރެވުނު ބައެއް ކަންތައްތަކާގުޅިގެން ހުޅުވާލި ފުރުސަތެއްކަމަށެވެ.
މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަށްފަހު ޤާޟީ ވަނީ އިތުރުކަމެއް ހުށައަޅަން ނެތް ނަމަ ދެންއޮންނާނީ މިމައްސަލައިގެ ޙުކުމް އިއްވުންކަމަށެވެ.