ސިޔާސީ

ޖޭޕީގެ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދެއް ނުކުރަން - އެމްއާރްއެމް


ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭކަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ތާޢީދާއި އެކު މަޖިލިސް އިންތިޚާބަށް ނިކުންނަ ކެންޑިޑޭޓަކު ތާޢީދުކޮށްފައި ނުވާ ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.

ރައީސް މަޢުމޫންގެ އެމްއާރްއެމްގެ އިސް އޮފިޝަލަކު މީޑިއާއަށް މިރޭ ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ގަމުދާއިރާއަށް ވާދަކުރާ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓަށް އެމް.އާރު.އެމްގެ ކެނޑޭޓް ތާއިދުކުރަން ނިންމާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވެފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޤާސިމް އިބްރާހީމަށް އެފަދަ މައުލޫމާތެއް ދެއްވި ފަރާތަކުން ދީފައިއެވަނީ ކަނޑައެޅިގެން ދޮގުމައުލޫމާތެއް ކަމަށާއި، ރައީސް މަޢުމޫންގެ ތާޢީދާއިއެކު މަޖިލީހަށް ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓް ޖޭޕީގެ ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި ނުވާ ކަމަށެވެ.

ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ގުޅިގެން ވާދަކުރުމަށް އެއްބަސް ވުމަކަށް ނާދެވި ދިމާވި ކަންތައްތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިޚާބުގައި 41 ދާއިރާއަކަށް ވާދަކުރެއެވެ. މީގެ ތެރެއިން ބައެއް ކެނޑިޑޭޓުންނަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ތާއީދުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ކެނޑިޑޭޓުން މަޖިލިސް އިންތިޚާބުގައި ތާޢީދު ކުރުމަށް ނިންމާފައެވެ.