ކުރިއަށް އޮތް މަހެއްހާދުވަހުގެ ތެރޭ މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކަށް ފަސްޓް ރެސްޕޮންޑަރސް ސަރވިސްގެ ދަށުން ސައިކަލު ބޭނުންކުރަން ސަރުކާރުން ފަށްޓަވާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
2019 އިން 2023 ކަނޑައަޅާފައިވާ ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްތަރ ވިދާޅުވީ މަގުމަތީގައި ހިނގާ އެކިވަރުގެ ހާދިސާތަކުން ގެއްލުންވާ ފަރާތްތަކަށް ސައިކަލް ބޭނުންކޮށްގެން އަވަސް ފަރުވާދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންގެންދާކަމަށެވެ. މިގޮތުން ކުރިއަށް އޮތް މަހެއް ހާދުވަހުގެ ތެރޭ މާލެ ސަރަހައްދަށް ބޭނުންވާ ޕެރަމެޑިކް އެމްބިއުލަންސްތައް ގެނެސް އެ ޚިދުމަތް ސަރުކާރުން ދެމުންގެންދާނެކަމަށެވެ. މިގޮތުން މި މަސައްކަތް ކުރުމަށްޓަކައި ފަސްޓް ރެސްޕޮންޑަރ ތަމްރީންތައް ދެވިގެންދާނެކަމަށެވެ. އަދި މި ޚިދުމަތް ދޭން ފެށުމާއެކު އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ފިޔަވަޅެއް އަޅިގެންދާނެކަމަށެވެ.
" މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށް ރާއްޖެއަށް އެތެރެކުރާ އުޅނަދުތަކަކީ ރައްކާތެރި މިންގަނޑުތަކަށް ފެތޭ އުޅަނދުތަކެއްތޯ ކަށަވަރުކުރުމާއި ހެދިފައިވާ ޤަވައިދުތައް އިތުރަށް ހަރުދަނާ ކުރަންޖެހިފަ މިވަނީ."އަމީން ވިދާޅުވިއެވެ.
ހެލްތް މިނިސްޓަތ ވިދާޅުވީ މަގުމަތީގައި ދިމާވާ އެކި ހާދިސާތަކުން ގެއްލުން ލިބޭ ފަރާތްތަކަށް އަވަސް ފަރުވާ ދިނުމުގެ ގޮތުން ޑްރައިވަރުންނަށް ޚާއްސަކޮށްގެން ފަސްޓްއެއިޑް ތަމްރީން ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާނެކަމަށެވެ. އަދި ރައްޔިތުންނަށް ހަރުދަނާ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޯށްދިނުމަށްޓަކައި އަތޮޅުތެރޭ ހޮސްޕިޓަލްތަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޯށްދިނުމާއި، އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޯށްދިނުމަށް ކޯލް ސެންޓަރެއް ޤައިމްކުރުމަށްޓަކައި މަސައްކަތްކުރަމުންދަކަމަށެވެ. އަދި މިފަދް މި ޚިދުމަތްތަކާއެކު އެމްޖެންސީ ޚިދުމަތް ހޯދުމަށް މިހާރަށްވުރެ ބޮޑަށް ފަސޭހަވެގެންދާނެކަމަށްވެސް މިނިސްތާރ ވިދާޅުވިއެވެ.
ސަރުކާރުން ސައިކަލް ބޭނުންކޯށްގެން އަވަސް ފަރުވާ ދިނުމަށް މަސައްކަތްކުރަމުންދާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަސްޓް ރެސްޕޮންޑަރސް ސަރވިސްގެ ދަށުން ސައިކަލު ބޭނުން ކުރަން އޭޑީކޭއިން ވަނީ ތައްޔާރުވެފައެވެ.
މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެކްސިޑެންޓެއް މެދުވެރިވެއްޖެނަމަ އަވަސް ފަރުވާ ދިނުމަށް ބޮޑެތި ގޮންޖެހުމާ ކުރިމަތިލާންޖެހިފައިވާއިރު އޭޑީގެ ފަސްޓް ރެސްޕޮންޑަރ މޮޓޯ ސައިކަލްގެ ޚިދުމަތުގެ މަޤުސަދަކީ މިކަން ޙައްލުކުރުމެވެ.