ރަމަޟާން މަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ދަމު ނަމާދުކުރާ މިސްކިތައް އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފިއެވެ.
މިއަހަރުގެ ރޯދަމަހު މާލޭ ސަރަހައްދުން ޖުމްލަ 23 މިސްކިތެއްގައި ދަމު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިސްލާމީ މަރުކަޒު ހިމެނޭހެން މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެކެވެ. ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ފަހު ދިހައެއްގައި ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް އަރައެވެ.
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ
މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން
މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
މަސްޖިދު ޞަލާޙުއްދީން
މަސްޖިދު ފުރްޤާން
މަސްޖިދު ޖަލާލުއްދީން
މަސްޖިދުއްނޫރު
އިބްރާހީމީ މިސްކިތް
މަސްޖިދުއްޝަހީދު ޢަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
މުޙައްމަދު ޖަމީލްދީދީ މިސްކިތް
މަސްޖިދުއްސަލާމް
މަސްޖިދުލްއިޚްލާޞް
މަސްޖިދުލް ބިއްރި
މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
މަސްޖިދު ޢަޒީޒާ މޫސާ
މަސްޖިދު ޒައިދު ބުން ސާބިތު
ހުޅުމާލެ ވަގުތީ މިސްކިތް
މަސްޖިދު ޢުމަރު ބިން ޚައްޠާބު
އިސްލާމިކް މިނިސްޓަރީން ބުނީ މި މިސްކިތްކުގައި ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފަށް ތިބުމަށް އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށެވެ.