ވިޔަފާރި

ވައިބަރ ޕްރީމިއަމް ސްޓިކަރ 19 ރުފިޔާއަށް ލިބޭ ޕެކޭޖެއް ތަޢާރަފްކޮށްފި


ވައިބަރ ބޭނުންކުރައްވާ ދިރާގުގެ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ވައިބަރ ޕްރީމިއަމް ސްޓިކަރ ލިބޭނެ ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނީ މިޕެކޭޖްގެ ތެރެއިން ކޮންމެ މަހަކު 19 ރުފިޔާއަށް ބޭނުން ވަރަކަށް ވައިބަރ ޕްރީމިއަމް ސްޓިކަރ ލިބޭނެކަމަށެވެ. އެގޮތުން މިޕެކޭޖްގެ ތެރެއިން މާވެލް، ޑިޒްނީ، ކާޓޫން ނެޓްވޯކް ފަދަ ވައިބަރ ޕްރީ ސްޓިކަރތައް، ވައިބަރ ސްޓިކަރ މާކެޓުން ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ވައިބަރ ސްޓިކަރ ޕޯޓަލް ލިންކަށް ޒިޔާރަތްކުރުމުން މިޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނެކަމަށެވެ. އަދި ކޮންމެ މަހަކު އޮޓޮމެޓިކުން ޕެކޭޖް އާ ކުރެވޭއިރު، ކަސްޓަމަރުން ބޭނުންނަމަ ޕެކޭޖް އާ ނުކުރެވޭގޮތްވެސް ހެދޭނެކަމަށް ދިރާގުން ބުނެއެވެ.