ޚަބަރު

ރޭ މާލޭގައި ޒުވާނަކު މަރުވި މައްސަލަ ފުލުހުން ތަހްޤީގުކުރަން ފަށައިފި


ރޭ މާލޭގެ ގެސްޓް ހައުސެއްގައި އޮތް 24 އަހަރުގެ ޒުވާނަކު މަރުވި މައްސަލަ ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ ފަތިހު 4:30 ހާއިރު މ. ވިކްޓްރީ ހައުސް ގެސްޓްހައުސްގައި އޮތް 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނުކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާކަމަށެވެ.

މި ޒުވާނާގެ މަރާއި ގުޅިގެން ޝައްކުއުފެދޭ ކަންތައްތަކެއް ހުރުމާއެކު މިކަން އިތުރަށް ތަހުޤީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތުދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރޭ ނިޔާވެފައިވަނީ މ. އޮޅުގިރި އުމުރުން 24 އަހަރުގެ މުޙައްމަދު ޡަލާލްއެވެ.