ވިޔަފާރި

ހުސްވިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %10.9 އިތުރުވެއްޖެ


ހުސްވިމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %10.9 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 103,022 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް 749،114 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު %18.4 ގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތާއި ގުޅޭގޮތުން މަހަކު އެއްފަހަރު ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުވަނީ އިންޑިއާއިން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

" އިންޑިއަން މާރކެޓް މިވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދާފައި، ފަސްވަނައިން ތިންވަނައަށް މިވަނީ ޖެހިލާފައި، މީގެކުރިން އެކްސްޕްލޯ ނުކުރެވި އޮތް ސްކޯޕެއް ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަރުދަނާވެ ރައީސުލްޖުމްހުރިއްޔާ ރާއްޖެއަށް ގެނައި ހަމަޖެހުމާއި، އަވަށްޓެރިންނާއި ބޭއްވޭ ގުޅުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް މީގެސަބަބުން ކުރިއެރުންދަނީ ލިބެމުން،" މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.

މޭމަހު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 ޤައުމަކީ، ޗައިނާ، އިޓަލީ، އިންޑިއާ، ޖަރުމަންވިލާތް އަދި އިނގިރޭސިވިލާތުންނެވެ.