ސިއްހަތު

އާ އޮނިގަނޑާއިއެކު ނަރުހުންގެ މުސާރަ ބޮޑުކުރުމަށް ނިންމައިފި


އަލަށް އެކުލަވާލަމުންދާ ނަރުހުންގެ އާ އޮނިގަނޑުގެ ތެރެއިން  ނަރުހުންގެ މުސާރަތައް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެ މިނިސްޓްރީން މިހާރު ދަނީ އަލަށް އެކުލަވާލަމުންދާ ނަރުހުންގެ އާ އޮނިގަނޑުގެ މަސައްކަތްތައް ނިންމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުންނެވެ.ޕަބްލިކް ސާރވިސް މީޑިޔާއާށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ ނަހުލާ އަލީ ވިދާޅުވީ، އާ އޮނިގަނޑުގެ ތެރެއިން ނަރުހުންނަށް ދެމުންދާ މުސާރަ އިތުރުވާނެ ކަމަށާއި، މިކަމުގައި ރައީސް އޮފީހާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.ހެލެތް މިނިސްޓްރީގެ އަމާޒަކީ އަންނަ ހޯމަ ދުވަހު އޮނިގަނޑުގެ މަސައްކަތް ނިންމާ ރައީސް އޮފީހަށް ހުށައެޅުންކަމަށާއި،  ރާއްޖޭގެ މަސައްކަތްތެރިންނަށް ހައްގު މުސާރަ ދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.ނަރުހުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް މުސާރަތައް ބޮޑު ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދެއްވާ ކަމެއްކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.ނަހުލާ ވިދާޅުވީ، މުސާރަތަކަށް އަންނާނެ ބަދަލުތަކުގެ ތަފްސީލް އާންމުކުރާނީ ރައީސް އޮފީހަށް ހުށައެޅުމަށްފަހު ނިންމަވާ ނިންމެވުންތަކަށް ބެއްލުވުމަށްފަހުކަމަށެވެ.ރާއްޖޭގައި މިވަގުތު ނަރުހުންގެ ގޮތުގައި އެއްހާސް ނުވަސަތޭކަ ފަންސާސް ނަރުހުން ހަރަކާތްތެރިވަމުންދާ ކަމަށް ހެލެތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.