ޚަބަރު

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެމެރިކާ ސަރުކާރުން ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި


ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެމެރިކާ ސަރުކާރުން ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެޔޯ ފޮނުއްވި ތަހުނިޔާގެ މި މެސެޖްގައި ރާއްޖޭގައި މިއަދު ފާހަގަކުރާ 54 ވަނަ އުފާވެރި މިނިވަންދުހަވަހުގެ ތަހުނިޔާ އެމެރިކާ ސަރުކާރުކާރުގެ ފަރާތުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުމާ ތަހުނިޔާ، ވަނީ ފޮނުވާފައެވެ.

މިމެސެޖްގައި ރާއްޖެއަށް ޑިމޮކްރަސީގެ ދާއިރާއިން އަންނަމުންދާ ފާހަގަކުރެވޭ ކުރިއެރުން ތަކެއްކަން ފާހަގަކޮށް، ކުރިއަށް އޮތްތަނުގައިވެސް ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެމެިކާއިން މަސައްކްތްކުރާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ކުރިއަށްގެންދާ އިސްލާޙީ މަސައްކަތްތަކުގައި އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށްއޮތްތަނުގައިވެސް ލިބިގެންދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.