ޚަބަރު

"އަންވެއިލިންގ ވިޝަން 2019" އެގްޒެބިޝަން ނާއިބު ރައީސް ފައިޞަލް ބައްލަވާލައްވައިފި


"އަންވެއިލިންގ ވިޝަން 2019" ގެ ނަމުގައި ދިވެހިރާއްޖޭގެ ކުރެހުންތެރިން ބާއްވާ މޯލްޑިވްސް ކޮންޓެމްޕަރަރީ އާޓް އެގްޒެބިޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައްލަވާލައްވައިފިއެވެ.

ނެޝަނަލް އަރޓްގެލެރީގައި ކުރިޔަށްދާ މި މައުރަޒު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެންދުރު ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވުމުގެ އިތުރުން ބައެއް ކުރެހުންތެރިންނާ ބައްދަލުކުރައްވައި ކުރެހުންތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފައިވެއެވެ. އަދި މައުރަޒުގައި ބާއްވާފައިވާ މެހުމާނުން ސޮއިކުރައްކުރައްވާ ފޮތުގައި ނާއިބުރައީސް ވަނީ ސޮއިކުރައްވާފައެވެ.

ނެޝަނަލް އަރޓްގެލަރީގައި މިމަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ޖުމްލަ 58 ކުރެހުންތެރިން ބައިވެރިވެއެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ތިންވަނަ އަހަރެވެ.