ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ ބޯޓެއް މޫދަށް ވެއްޓިއްޖެ


އައްޑޫ ފްލައިން ސްކޫލްގެ ތަމްރީނުތަކުގައި ބޭނުންކުރި މަތިންދާ ބޯޓެއް ޝަންގްރިއްލާ ރިސޯޓާ ދިމާއިން ކަނޑަށް ވެއްޓިއްޖެއެވެ.

މިހާދިސާގައި އެވަގުތު ބޯޓުގައިތިބި ދަރިވަރާއި އިންސްޓެކްޓަރުވެސްވަނީ ގެއްލުމެއްނުވެ ސަލާމަތްވެފައި. އިންޖީން ފެއިލްވެގެން، މިހާދިސާ ހިނގިއިރު ބޯޓު ދުއްވަންއިން ދިވެހި އަންހެން ދަރިވަރާއި، ބޭރުގެ އިންސްޓެކްޓަރު ޝަންގްރިއްލާ ރިޒޯޓްގެ ލޯންޗެއްގައި ވަނީ އެރިސޯޓަށް ގެންގޮސްފައި. ދަރިވަރާއި އިންސްޓެކްޓަރަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ފޭދޫ ހެލްތު ސެންޓަރަށް ގެންގޮސް ޗެކްކޮށްފައިވެއެވެ.

މިހާދިސާ ހިނގުމާއެކު ބޯޓު އަޑިއަށްގޮސްފައިވާކަމަށާ، މިއާރު އެބޯޓު އޮތީ ކަނޑުގެ އަށެއް ޕޮއިންޓު ހައެއް މީޓަރު އަޑީގައިކަމަށް އެމް.އެން.ޑީއެފުން ވިދާޅުވިއެވެ.

މިއީ އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސުކޫލުގައި ބޭނުންކުރާ 3 ބޯޓުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޯޓްކަމަށް މަޢުލޫމާތުލިބެއެވެ.