ޚަބަރު

ށ. ފަރުކޮޅުން މަސްތުގެ ހާލަތުގައި ތިބި ދެ ދިވެއްސަކު ހައްޔަރުކޮށްފި


ށ. ފަރުކޮޅުން މަސްތުގެ ހާލަތުގައި ތިބި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެވުނީ ފަރުކޮޅުގައި ބަޔަކު ބަނގުރާ ބޭނުންކޮށް، މަސްތުވެގެން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރާއި، 36 އަހަރުގެ ދިވެހި 2 ފިރިހެނުންކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ދެ މީހުން ހައްޔަރުކުރިއިރު ތިބީ މަސްތުގެ ޙާލަތުގައިކަމަށާއި، މި މައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.