ޚަބަރު

އެއިމްސްގައި ހިނގި އަލިފާނުގެ ޙާދިސާގައި ދިވެހި ދަރިވަރަކަށް ގެއްލުމެއް ނުލިބޭ - އެމްބަސީ


އިންޑިއާގެ ނިއުދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާގައި ދިވެހި އެއްވެސް ދަރިވަރަކަށް ގެއްލުމެއް ނުވާކަމަށް އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި އެއިމްސްގެ ފުރަތަމަ ފްލޯއާއި ދެވަނަ ފްލޯގައި ހިނގި މިހާދިސާގެ ކަންކަން ވަރަށް ކައިރިން ބަލަމުންދާކަން ހާމަކުރައްވައި ދިއްލީގައި ހުންނަ ދިވެހި އެމްބަސީން ވިދާޅުވީ މިހާދިސާގައި އެއިމްސް އެމް.ބީ.ބީ.އެސް ހަދަމުންދާ އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓްވީޓް

އެއިމްސް ހޮސްޕިޓަލުގައި ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، މާގިނަ އިރުތަނެއް ނުވަނީސް އަލިފާން ވަންކޮންޓްރޯލްކޮށްފައެވެ.