ޚަބަރު

އިންޖީނު ހުއްޓުނު ލޯންޗުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ފަށައިފި


ތ. އަތޮޅުން މާލެ ދަތުރު ކުރަމުންދަނިކޮށް ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ލޯންޗު ފެރީގައި ތިބި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގަޑުން ފައްޓަވައިފިއެވެ.

175 މީހުންނާއެކު ތ. އަތޮޅުން މާލެއަށް ދަތުރު ކުރި "އޯޝަން 20" ނަމަކަށް ކިޔާ ލޯންޗްފެރީގެ އިންޖީނު ހުއްޓުނީ ވ. އަތޮޅު ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުންކަމަށާއި ލޯންޗް ހުއްތިފައިވަނީ ތެޔޮ ހުސްވެގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ޙާދިސާގެ މަޢުލޫމާތު މިއަދު 17:44ގައި ލިބުމުން މާލެ އޭރިޔާގައި ޙަރަކާތްތެރިވާ ކޯސްޓްގާޑުގެ ސީ އެންބިއުލާންސެއް އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.

އަދި ލޯންޗު ފެރީއަށް ތެޔޮ ހިފައިގެން އެހެން އުޅަނދެއް ދަތުރުކުރަމުންދާކަމަށާއި ސީ އެންބިއުލާންސްއަށް މާލެ އާދެ ވޭނީ މިރޭ 11ޖަހާއިރުކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.