ޚަބަރު

އަދީބު އޮތީ އަދިވެސް ހޮސްޕިޓަލްގެ އޮބްޒަވޭޝަންގައި - ކަރެކްޝަނަލް ސަރވިސް


ދޫނިދޫގަ ހައްޔަރުކޮށްފައި ހުއްޓާ ބަލިވެގެން އައިީޖީއެމް ހޮސްޕިޓަލްގައި ފަރުވާދޭންފެށި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު އަދިވެސް އޮތީ އޮބްޒަވޭޝަންގައި ކަމަށް ކަރެކްޝަނަލް ސަރވިސުން ބުނެފިއެވެ.

ދޫނިދޫގައި ހުއްޓާ ކުއްލި ގޮތަކަށް މާލެ ގެނެސް އައިޖީއެމްއެޗުގައި އަދީބަށް ފަރުވާ ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު އޮތީ އޮބްޒަވޭޝަންގައިކަމަށާއި، މިހާރު އޭނާގެ ހާލު ރަނގަޅުކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައޮ އަދީބު މާލެ ގެނެސްފައިވަނީ އޭނާ އޮންނަނެވި ޖަލު ގޮޅިތެރެއަށް ވެއްޓުމާ ގުޅިގެން ލިބުނު އަނިޔާތަކާއި ގުޅިގެންނެވެ.

އަދީބު ޖަލުގައި ބަންދުކޮށްފައި ހުންނެވީ ޅ.މާބިންހުރާ ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ޚިޔާނާތްވި މައްސަލައިގައި އޭނާއަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީއެވެ.