ކުޅިވަރު

މަޝްހޫރު ފުޓުބޯޅަ ތަރި ޢަލީ އަޝްފާގް އެފްއޭއެމްގެ ރައީސް ބައްސާމާ ބައްދަލުކޮށްފި


ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގު ޤައުމީޓީމަށް ނެގުމަށް ގޮވާލައި އެތައްބަޔަކު ޝުޢޫރު ފާޅުކުރަމުންދަނިކޮށް އަޝްފާގު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކޮށްފިއެވެ.

ޤައުމީ ޓީމުގެ މިފަހަރުގެ ސްކޮޑުގައި ޢަލީ އަޝްފާގު(ދަނގަޑޭ) ނުހިމަނައި ވޯލްޑްކަޕް ކޮލިފައިންއަށް ޤައުމީ ސްކޮޑް އެކުލަވާލުމުން، އެކަމުގެ ފާޑުކިޔުން އެފްއޭމްއަށާއި، ބައްސާމަށްވެސް އަމާޒުވެފާވާ ދަނޑިވަޅެއްގައި ބައްސާމާ އަޝްފާޤު ބައްދަލުކުރިކަން ހާމަކުރީ އޭނާގެ ފޭސްބުކް ޕޯސްޓަކުންނެވެ. އަޝްފާގުގެ ފޭސްބުކްގައި ހާމަކޮއްފަވާ ގޮތުގައި އެފްއޭމްގެ ރައީސާކު ބޭއްވީ ކާމިޔާބު ބައްދަލުވުމެކެވެ. އެބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާގުޅޭގޮތުން އުންމީދުތަކެއް އާވެފައިވާކަމަށް އަޝްފާގު ބުނެފައިވެއެވެ.

އަޝްފާގު ބައްސާމާ ބައްދަލުކުރިއިރު ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވަނީ ޤައުމީ ޓީމުގައި އަޗްފާގު ހިމެނެން ޖެހޭކަމަށް ވިދާޅުވެފައެވެ. ޤައުމީ ޓީމުގެ މިހާރު ކޯޗު ޕީޓަރ ސެގަޓް ޓީމާ ޙަވާލުހިސާބުން އަޝްފާގަށްވަނީ ޓީމުން ފުރަސަތު ގެއްލިފައެވެ.

މިފަހަރު އަޝްފާގު ޓީމަށް ނުނެގީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށް ކޯވު ބުނެއެވެ.
ދަނގަޑޭ ގައުމީ ޓީމުން ބާކީވީ މިދިޔައަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗެއްގައި ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރު ނުވުމުންނެވެ.