ކުޅިވަރު

ބެޑްމިންޓަން އޭޝިޔާގެ އިވެންޓް ކޮމިޓީގެ މެންބަރަކަށް "އިއްޕަ"


ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ޖެނެރަލް ސެކެރެޓަރީ އިޝްފާން މުޙަންމަދު (އިއްޕަ) ބެޑްމިންޓަން އޭޝިޔާގެ އިވެންޓް ކޮމިޓީގެ މެންބަރަކަށް ހޮވިއްޖެއެވެ.

އިއްޕަ، މިކޮމިޓީގެ މެންބަރަކަށް ހޮވުނީ ބެޑްމިންޓަން އޭޝިޔާއިން އޭނާގެނަން ކޮމިޓީއަށް އައްޔަނުކުރަން ފާސްކުރުމާ ގުޅިގެންނެވެ. އޭޝިޔާ އިވެންޓް ކޮމިޓީއަކީ ބެޑްމިންޓަން ގައި ގޮތްނިންމާ އެންމެ ބާރުވެރި ކޮމެޓީއެވެ. މިކޮމެޓީގެ މައިގަނޑު މަސައްކަތަކީ އޭޝިޔާގެ އެކި މުބާރާތްތައް ރާވައި ހިންގުމާއި އަދި ހަމަ އެހެންމެ ބެޑްމިންޓަންގެ ކުރިއެރުމާއި ތަރައްޤީއަށް އެކި ޕްލޭންތައް އެކުލަވާލައި ރާވާ ހިންގުންމެވެ. އެގޮތުން ބެޑްމިންޓަން އެކިހަރަކާތްތައް ބައްޓަންކޮށް ލަފާދިނުންވެސް މިކޮމެޓީގެ މަސައްކަތް ތަކުގެތެރޭގައި ހިމެނެއެވެ.

ރާއްޖޭ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އިފްޝާން މުޙައްމަދު ބުނީ ރާއްޖެއަށް އެކޮމެޓީގެ މަޤާމެއްލިބުމުން މުސްތަޤުބަލުގައި ރަނގަޅު ފައިދާތަކެއް ކުރާނެކަމަށެވެ. އޭގެތެރޭގައި ރާއްޖޭ ބެޑްމިންޓަންގައި އަލަށް ތަޢާރަފްކުރާ އިވެންޓުތައް ބޭއްވުމާއި ބެޑްމިންޓަންގެ އެކިހަރަކާތްތައް ކުރިމަގުގައި ރާއްޖޭގައި ބޭއްވިގެން ދާނެކަމަށެވެ. ބެޑްމިންޓަން އޭޝިޔާގެ އިވެންޓް ކޮމިޓީގެ މެންބަރަކަށް އިފްޝާން ހޮވުނުއިރު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އަންނަނީ ބެޑްމިންޓް އޭޝިޔާގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވަމުންނެވެ.