ވިޔަފާރި

ވަގަށް މުދާ ބޭރުކުރިކަމަށް ބުނާ ވާހަކަތައް އެމްޕީއެލްއިން ދޮގުކޮށްފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 2 ކޮންޓެއިނަރެއްގެ މުދާ ވަގަށް ބޭރުކޮށްފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެމްޕީއެލްއިން ދޮގުކޮށްފިއެވެ.

އެމްޕީއެލްއިން ބުނީ ވަގަށް ބޭރުކުރިކަމަށް ބުނާ 2 ކޮންޓެއިނަރަކީ މުދަލާއިއެކު ކޮންޓެއިނަރ ހުރިގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް ކޮންޓެއިނަރުން މުދާ ދޫކުރާ ގޮތަށް ހަމަޖެހިފައިވާ 2 ކޮންޓެއިނަރުކަމަށެވެ. އަދި އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އަމަލުކޮށްފައި އެމްޕީއެލްއިން މުދާ ދޫކުރުމުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހުކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ މިހާތަނަށް ބެލިބެލުޅުން މިމައްސަލައިގައި އެމްޕީއެލްގެ އެއްވެސް އިޙްމާލެއް ނެތްކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އަދި މިމައްސަލާގައި ތަޙްޤީޤީ އިދާރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުންގެންދާކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.