ވިޔަފާރި

އެޑްވާންސްޑް ޑިޖިޓަލް މަރކެޓިންގ ވޯކްޝޮޕެއް މަޓީން ބާއްވައިފި


ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން އެޑްވާންސްޑް ޑިޖިޓަލް މަރކެޓިންގ ވޯކްޝޮޕެއް މަޓީން ބާއްވައިފިއެެވެ.

އެއްދުވަހުގެ މުއްދަތަކަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީއާއި ހެޕީ މާކެޓަރ އަދި ދިރާގާއި ގުޅިގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 70 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އެގޮތުން ރާއްޖޭގެ ރިސޯޓުތަކާއި، ޓްރެވަލް އެޖެންސީތަކުގެ އިތުރުން ފަތުރުވެރިކަމާއި ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މި ވޯކްޝޮޕްގައި ބައިވެރިވެފައިވާކަމަށް މަޓީއިން ހާމަކުރެއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ މިފަދަ ޓްރެއިނިންގްތައް ހިންގާ ސިންގަޕޫރުގެ ނަން މަޝްހޫރު ކުންފުންޏެއްކަމަށްވާ ހެޕީ މަރކެޓަރ ޕްރައިވެޓް ލިމިޑެޓުންނެވެ.

މަޓީން ބުނީ ކުރިމަގުގައި މިފަދަ އިތުރު ޓްރެއިނިންގތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.