ވިޔަފާރި

މާލެ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 26 ފަރާތަކަށް ދީފި


މާލެ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ 26 ފަރާތަކަށް ދީފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާއްމުކޮށްފައިވާ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކޮށްފައިވާ ލިސްޓުގައިވާ ގޮތުން މިހާތަނަށް 17 ކެފޭ ރެސްޓޯރަންޓަކަށް އަދި 9 ފިހާރައަކަށްވަނީ ދީފައެވެ.

މިހާތަނަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ މާލެ ސިޓީން 24 ތަނަކަށްވަނީ ދީފައެވެ. އޭގެތެރޭގައި ބޮޑު ދެ ސުޕާ މަރކެޓް ކަމުގައިވާ މަޖީދީމަގުގައި ހިންގާ ވީބީ މާރޓު އަދި ރެޑް ވޭވް ފިހާރަ ހިމެނެއެވެ.

* މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކެފޭ ރެސްޓޯރަންޓްތައް
1- ސީހައުސް (ހުޅުމާލޭ ފެރީ ޓަރމިނަލް )
2- ސެފްރޮން ކެފޭ ( ސޯސަންމަގު )
3- ނައިސް އެންޑް ސްޕައިސް ( ފުޑްކޯޓް )
4- ވީވަރ ކެފޭ ( ފުޑްކޯޓް )
5- ރިޓްރީޓް ޑިލައިޓް ( ފުޑްކޯޓް )
6- މާރުކޭޓް ހޮޓަލް
7- ނޮވެލް ބިސްޓްރޯ ( ފުޑްކޯޓް )
8- ޑޯލްފިން ވިއު ކެފޭ ( ކާނިވާ )
9- އެމް.ޓީ ކެންޓީން ( އެމްޑަބްލިޔުއެސްސީ ކެންޓީނު )
10- ސައުތު ވިންގް ކެފޭ ( ބިޒަނަސް ސްކޫލް )
11- މިސްޓިކޯ ( ފުޑްކޯޓް)
12- އަލަ ކާޓް ( ފުޑްކޯޓް)
13- ދަ ޑެކް (ކާނިވާ )
14- ލައިމް ވޯޓާ ލައުންޖް ( ލޮނުޒިޔާރަތް މަގު)
15- ދަ ކޮފީ ގްރިލް ( ފުޑް ކޯޓް)
16- ސިޓީ ޓޭސްޓު ( ފުޑްކޯޓް)
17- އެމް އެންޑް އާރު އިންވެސްޓްމަންޓު ( ކަންބާ އައިސާ ރަނި ހިންގުން)

* 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ފިހާރަތައް
1- އެކްސްޕްރެސް މާޓް ( ވިލިނގިލި ފެރީ ޓާރމިނަލް )
2- ނިއު ޗެއިން (ސޯސަންމަގު )
3- ޝޮޕް އެންޑް ސޭވް ( ސޯސަންމަގު )
4- އޭ. އެން.ޖީ ޓުރޭޑަރސް ( އޯކިޑްމަގު )
5- ވީބީ މާރޓު (މަޖީދީމަގު)
6- ރެޑް ވޭވް ( މަޖީދީމަގު)
7- ގްރާސް މަރކެޓް ( ސޯސަން މަގު)
8- ބްރައިޓް ޕްލަސް ( ލޮނުޒިޔާރަތް މަގު)
9- ޗޮއިސް ޕްލާޒާ ( ބުރުޒު މަގު)

މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީގައިވެސް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަން ފަށާފައިވާއިރު، މިހާރު ތަނަށް ވަނީ 24 ގަޑި އިރު ވިޔަފާރި ކުރުމުގެ ހުއްދަ 3 ތަނަކަށް ދީފައެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރިކުރުުމުގެ ހުއްދަ ދީފައިވަނީ ސ.ހިތަދޫ ހޮޓް ބޮކްސް ކެފޭއަށާއި ސ.ފޭދޫ ތްރީ އެސް ލައުންޖް ކެފޭ އަދި ސ.ފޭދޫ އެލީ ބިސްޓްރޯއެވެ.

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ނިންމާ، ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަޙައްދުތައް އިކޮނޮމިކް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އައްޑޫ ސިޓީގައި ހިތަދޫއިން ތިން ސަރަހައްދެއް ކަނޑައަޅާފައިވާއިރު މަރަދޫއިން ދެ ސަރަހައްދު ވަނީ ކަނޑައަޅާފައެވެ. އަދި މަރަދޫފޭދޫއިން އެއް ސަރަހައްދު ކަނޑައަޅާފައިވާއިރު ފޭދޫއިން ވަނީ ދެ ސަރަހައްދު ކަނޑައަޅާފައެވެ. މީގެއިތުރުން ހުޅުދޫއިން ދެ ސަރަހައްދު ކަނޑައަޅާފައިވާއިރު މީދޫއިން ތިން ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް ވަނީ ކަނޑައަޅާފައެވެ.

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުމާއި، 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށްވުން ހިމެނެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭގަ އާއި ފުވައްމުލަކު ސިޓީގައިވެސް 24 ގަޑިއިރު ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އިކޮނޮމިކް މިނިސްޓްރީންވަނީ ހުޅުވާލާފައެވެ.