 
										
			ރައީސުލް ޖުމްހޫރިއްޔާގެ
އަނބިކަނބަލުން ހުޅުމާލޭ ހޮސްޕިޓަލްގައި ތިބި ބަލިމީހުންގެ ގާތަށް ޒިޔާރަތްކުރައްވައިފިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދު ހެނދުނު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ވަޑައިގެން،
ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްވެފައި ތިބި ބަލިމީހުންގެ ޙާލު ބައްލަވާ، ދިމާވާ ދަތިތަކާއި ގުޅޭ
ގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ދެމުންގެންދާ
ޚިދުމަތް އެންމެ ރަނގަޅަށް ބަލިމީހުންނަށް ލިބެމުންދޭތޯ ބައްލަވާ، ޚިދުމަތްތަކުގެ
ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަން އެކަމަނާ ވަނީ ބައްލަވާފައެވެ. 
 
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރހީމް ވަނީ މީގެކުރިންވެސް
އައިޖީއެމް ހޮސްޕިޓަލްގައި ތިބި ބަލިމީހުންގެ ގާތަށްވެސް ޒިޔާރަތްކުރައްވާފައެވެ.