ޚަބަރު

އިންޑިއާގެ ޗީފް އޮފް ދަ އަރމީ ސްޓާފް، ޖެނަރަލް ބިޕިން ރާވަތް، މާދާމާ ރާއްޖެ ވަޑައިގަންނަވަނީ


އިންޑިއާގެ ޗީފް އޮފް ދަ އަރމީ ސްޓާފް، ޖެނަރަލް ބިޕިން ރާވަތް، ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އެމް.އެން.ޑީފުން ވިދާޅުވީ، ޖެނަރަލް ބިޕިން ރާވަތް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތަރުވަނަދުވަހުގެ ނިޔަލަށްލަށްކަމަށެވެ. އިންޑިއާގެ ޗީފް އޮފް ދަ އަރމީ ސްޓާފް، ރާއްޖެއަށް މިވަޑައިގަންނަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަލުވެވަޑައިގެން ރާއްޖެއާ އެޤައުމާދެމެދު ހީނަރުވެފައިވާ ގުޅުން ހަރުދަނާކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ. މި ދަތުރުރުފުޅުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

އިންޑިއާގެ 27ވަނަ ޗީފް އޮފް އަރމީ ސްޓާފްކަމުގެ މަޤާމަށް ބިޕިން ރާވަތު އައްޔަންކުރައްވާފައިވަނީ 2016ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26ވަނަ ދުވަހުއެވެ.