ޚަބަރު

ޓެލެޑްރާމާ ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް އެމް.އެމް.އައިން ފަށައިފި


ޓެލެޑްރާމާ ހަދަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓު "އެމްއެމްއައި" އިން ފަށައިފިއެވެ.

މިއީ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ޓެލެޑްރާމާ ހަދަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕްއެކެވެ. އެމްއެމްއައިން ބުނީ މި ވޯކްޝޮޕްގައި ސަރުކުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވެފައިވާކަމަށާއި، ވޯކްޝޮޕް ނިމިގެންދާއިރު، ފިލްމް ޝޫޓިން އާއި ފިލްމް އެޑިޓިންވެސް ބައިވެރިންނަށް ދަސްކޮށްދެވޭނެކަމަށެވެ.

ހަދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މިވޯކްޝިޕްގެ ބައިވެރިންނަށް ތަމްރީނު ދެނީ ރާއްޖޭގެ ފިލްމު އުފެއްދުމުގެ ދާއިރާގައި ތަޖުރިބާއާއި ކާމިޔާބީ ހާސިލްކޮށްފައިވާ ތަޖްރިބާކާރުންނެވެ. ޕަބްލިކް ސަރވިސްމީޑިއާގެ ކުޑައިގެ ދަށުން ހިންގާ އެމް.އެމް.އައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް އަންނަނީ ހިންގަމުންނެވެ.