އައްޑޫސިޓީ ހިތަދޫގައި އަޅާފައިވާ 264 ފްލެޓުގެ ތެރެއިން މަރަމާތު ކުރުމަށް ނޯޓު ކޮށްފައިވާ ފްލެޓްތަކުގެ މަރާމާތު ފައިސާ ހަވާލުކުރަން ފަށައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ހިތަދޫ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު، ފްލެޓްތަކުގެ މަރާމާތަށް ބޭނުންވާ ކަންކަމަކީ ކޮބައިކަން ފްލެޓުތަކުގެ ވެރިފަރާތާއި އެކު ހައުސިންގް މިނިސްޓްރީގެ ބޭފުޅުން ބައްލަވާފައިވާ ކަމަށެވެ.
އަދި ކޮންމެ ފްލެޓެއްގައިވެސް ވެރި ފަރާތުން ފާހަގަ ކުރި ކަންކަމަށް އެފަރާތްތަކަށް ފައިސާ ދޭން ހައުސިން މިނިސްޓްރީން ސިޓީ ކައުންސލާއި މިހާރު ފައިސާ ހަވާލު ކޮށްފައިވާ ކަމަށާއި އެގޮތުން ސިޓީ ކައުންސިލާއި މުޅި ޖުމްލަ 1,020,782.08ރ ވަނީ ހަވާލު ކުރެވިފައި ވާކަމަށް ސިޓީކައުންސިލުންވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ހުސްވި ޑިސެމްބަރު މަހުގެ 30ގެ ނިޔަލަށް 31 ފަރާތަކާއި ފައިސާ ހަވާލު ކޮށްފައި ވާނެ ކަމަށެވެ.
އައްޑޫ ހިތަދޫގައި އަޅާފައިވާ ފްލެޓުތަކުގައި މިހާރު މީހުން ދިރި އުޅެން ވަނީ ފަށާފައެވެ.
އަދި މިހާތަނަށް ނުފަށާ މީހުންވެސް ބަދަލު ވުމުގެ ކަންކަން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބޭ. މީގެ އިތުރުން ފްލެޓު ދޫކޮށްފައިވާ ފަރާތްތަކާއި، ސީ ކެޓަގަރީގެ ދަށުން ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާ 30 ފްލެޓަށް ވަރަށް އަވަހަށް ކުރިމަތި ލުމަށް ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.