ބީޖީ ފުޓްސެލް ޗެލެންޖްގެ ޗެންޕިއަންކަން އީ
ކޮންސެޕްޓް ހޯދައިފިއެވެ. 
 
އީ ކޮންސެޕްޓް މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ
ފައިނަލްގައި އެމްޕީއެލްއާ ވާދަކޮށް ޕެނަލްޓީގައި އެއް ލަނޑުގެ ތަފާތުން ކުރި
ހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ހަތަރު ލަނޑު ހަތަރު ލަނޑުން
ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އީ ކޮންސެޕްޓް ކުރި ހޯދީ
އެގާރަ ލަނޑު ބާރަ ލަނޑުންނެވެ. މިމުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް
ހޮވިފައިވަނީ އެމްޕީއެލްގެ އިސްމާޢީލް ފާތިހު. މުބާރާތުގެ އެންމެ ގިނަ ގޯލް
ޖަހާފައިވަނީ އެމްޕީއެލްގެ އިސްމާޢީލް އީސާއެވެ. އީސާވަނީ މިމުބާރާތުގައި ތިރީސް ނުވަ
ގޯލް ޖަހާފައެވެ. 
 
މިމުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ: 
 
ޔުނައިޓަޑް
ބީއެމްއެލްގެ އިބްރާހީމް ހަމްދާން، 
 
އީ ކޮންސެޕްޓްގެ ހުސެން ރަޝީދް، އަބްދުލޯ
މުއާޒް އަދި ހަސަން އަދުހަމް. 
 
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް
ހޮވިފައިވަނީ އެމްޕީއެލްގެ އީސްމާޢީލް އީސާ. 
 
މުބާރާތުގެ ފެއާރ ޕްލޭ ޓީމްއަކީ
އެސްޓީއޯ. 
 
ބީޖީއިން މަޢުލުމާތުދޭ ގޮތުގައި މިއަންނަ އަހަރުވެސް މިމުބާރާތް
މިއައްވުރެއް ފުރިހަމަކޮށް، ވީހާވެސް ގިނަ ޓީމްތަކާއެކު ބޭއްވުމަށް
ހަމަޖެހިފައެވެ.