ހުޅުމާލެ ވިމެންސް
ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކުރާ ފިޠުރު ޢީދު ބަށި މުބާރާތުގެ ފުރަތަމަ މެޗް
ހުޅުމާލެ ވިމެންސް ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.
ފިޠުރު ޢީދާ ގުޅުވައިގެން
ކުރިޔަށްގެންދާ މިމުބާރާތުގެ ފުރަތަމަ މެޗް ހުޅުމާލެ ވިމެންސް ސްޕޯޓްސް
ކާމިޔާބުކުރީ ގުލްސަންޕާ ޓީމާ ވާދަކޮށް އެއްތިރީސް ލަނޑު ނަވާރަ ލަނޑުންނެވެ.
އަށްޓީމް
ވާދަކުރާ މިމުބާރާތުގައި މިރޭ ދެމެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ
މެޗްގައި ބައްދަލުކުރާނީ ރަންކަނި ޓީމާއި ބުރުސްޕޯޓްސް. ދެވަނަ
މެޗްގައި ބައްދަލުކުރާނީ ފެއަރީ ކުއީންއާއި ވަޔަލެޓެވެ. މިރޭ އަށްގަޑިބައިން
ފެށިގެން މެޗްތައް ކުރިޔަށްދާނެއެވެ.
މިމުބާރާތް އިންތިޒާމްކުރާ ހުޅުމާލެ ވިމެންސް
ސްޕޯޓްސް ކްލަބުން މަޢުލޫމާތުދެއްވާ ގޮތުގައި މިމުބާރާތުގެ ޗެމްޕިއަންޓީމަށް
ފަންސަވީސްހާސް ރުފިޔާވަނީ ހުށަހަޅާފައެވެ. ރަނަރަޕް ޓީމަށް ފަނަރަހާސް ރުފިޔާ އަދި
ތިންވަނަ ޓީމަށް ދިހަ ހާސްރުފިޔާވަނީ ހުށަހަޅާފައެވެ.
އަދި މުބާރާތުގެ ބަށި ރާނީއަށް
ފަނަރަސަތޭކެ ރުފިޔާވަނީ ހުށަހަޅާފައެވެ. މޫސުން ތަންދޭނަމަ މިމުބާރާތް މިމަހުގެ
އެކާވީހުގައި ނިންމާލެވޭނެ ކަމަށްވެސް ހުޅުމާލޭ ވިމެންސް ސްޕޯޓްސް
މަޢުލޫމާތުދެއްވައެވެ.
މާލެ ސަރަޙައްދުގެ އަވަށްތަކަށް ހުޅުވާލައިގެން ބާއްވާ
މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނާއި
ހަވީރާއި ރޭގަނޑުގެ ވަގުތަކުގައެވެ. މުބާރާތުގެ ކުޅުން ކުރިޔަށްދަނީ މާފަންނު
ސްޓޭޑިއަމްގެ ވޮލީކޯޓް ސަރަޙައްދުގައެވެ.