ކުޅިވަރު

ވޮލީ ޓީމް ތަމްރީން ދަތުރެއްގައި ތައިލެންޑަށް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތަމްރީން ދަތުރެއްގައި ރާއްޖޭގެ ޤައުމީ ވޮލީ ޓީމް ތައިލެންޑަށް ފުރައިފި އެވެ. ތައިލެންޑަށް ކުރާ ދަތުރުގައި ރާއްޖޭގެ އަންހެން ޓީމް އަދި ފިރިހެން ޓީމްވެސް ތައިލެންޑް ޤައުމީ ޓީމާއެކު ތިން މެޗް ކުޅޭނެކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން މަޢުލޫމާތުދެ އެވެ.ޓީމްގެ މެނޭޖަރ އަލީ ލަތީފް ވިދާޅުވީ އިންޑިއަން އޯޝަން އައިލންޑް ގޭމްސްގައި ރާއްޖެއިން ބޭނުންވަނީ ރަން މެޑަލެއްކަމަށެވެ. އަދި އެ މަންޒިލަށް ވާސިލުވުމަށްޓަކައި ޓީމަށް ބޭނުންވާ ތަމްރީންތަކަށް މީ މުހިންމު ދަތުރެއްކަމަށް އަލީ ލަތީފް ޤަބޫލް ކުރައްވައެވެ. އޭނާ ވިދާޅުވީ ތައިލެންޑުގައި ތަމްރީންކުރުމަށް ވަރަށް ފަސޭހަކަމަށެވެ.ތައިލެންޑަށް ދާ ދަތުރުގައި މިހާރު އަނިޔާގައި ހުރި އަހުސަންވެސް ބައިވެރިވެ އެވެ. ޓީމްގެ މެނޭޖަރ ވިދާޅުވީ އޭނާޔަށް ބޭނުންވާ ފަރުވާ ތައިލެންޑުން ހޯދައި ގޭމްސްއަށް އޭނާ ފިޓްވާނެކަމުގެ އުންމީދުކުރާކަމަށެވެ.