ކުޅިވަރު

ވޯލްޑްކަޕް ކޮލިފިކޭޝަންގައި އިޓަލީއާއި ސްޕެއިން އެއް ގްރޫޕެއްގައި


ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސްޕެއިންއާއި އިޓަލީ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ. ރޭގެ ރަސްމިއްޔާތުގައި ރަޝިޔާގައި ބާއްވާ ވޯލްޑްކަޕަށް ފީފާއިން ފުރިހަމަޔަށް ތާއީދުކުރާކަމަށް ފީފާގެ ރައީސް ސެޕް ބްލެޓަރ ވަނީ ވިދާޅުވެފައެވެ. ވޯލްޑްކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ، ގުރު ނެގުމުގެ ހަފްލާގައި ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިންއާއެކު ސްޓޭޖުގައި ހުއްޓިވަޑައިގެންހުރެ ބްލެޓަރ ވިދާޅުވީ ދެހާސް އަށާރައިގެ މުބާރާތަށް ރަޝިޔާގެ ރައްޔިތުން ވަރަށް ފުރިހަމަ މަރުޙަބާޔެއް ކިޔާނެކަމަށެވެ. ރޭ އޮތް ގުރުއަތުން ސްޕެއިން، އިޓަލީއާ އެއް ގްރޫޕެއްގައި ލައްވާލިއިރު، ފްރާންސާއި ނެދަލޭންޑްސްވެސް ހިމެނެނީ އެއް ގްރޫޕެއްގައެވެ. އެންމެ ފަހުގެ ޗެމްޕިއަނ ޖާރމަނީ ހިމެނިފައިވަނީ އެހާ އުނދަގޫ ގްރޫޕެއްގައެއް ނޫނެވެ. އެ ގްރޫޕުގެ އެންމެ ވާދަވެރި ޓީމްގެ ގޮތުގައި ބެލެވެނީ ޗެކް ރިޕަބްލިކެވެ.ވޯލްޑްކަޕަށް އޮޓަމެޓިކުން ކޮލިފައިވާނީ ގްރޫޕްގެ އެއްވަނަ ހޯދާ ޓީމް އެކަންޏެވެ. އޭގެ އިތުރުން ނުވަ ގްރޫޕްގެ ތެރެއިން، އެންމެ ރަނގަޅު ނަތިޖާޔާއެކު ގްރޫޕްގެ ދެވަނަ ހޯދާ އަށް ޓީމްގެ މެދުގައި ކުޅެވޭ ޕްލޭ އޮފަކުން އަނެއް ހަތަރު ޓީމް ހޮވޭނެއެވެ.އެއާއެކު ވޯލްޑްކަޕް ބޭއްވޭ ޤައުމުގެ ހައިސިއްޔަތުން ރަޝިޔާ އޮޓަމެޓިކުން ކޮލިފައިވާނެއެވެ. އެހެންކަމުން ޔޫރަޕުން ވޯލްޑްކަޕުގައި ބައިވެރިވާނީ ޖުމްލަ ސާދަ ޓީމެވެ.ރޭގެ ގުރުއަތުލުމުން އިންގްލޭންޑް ލައްވާލި ސްކޮޓްލޭންޑާ އެއް ގްރޫޕެއްގައެވެ.ސައުތް އެމެރިކާ ޒޯންގެ މެޗް ޑޭ އެކެއްގައި ބައްދަލްކުރާނެ ޓީމްތަށްވެސް ރޭ ވަނީ ކަނޑައެޅިފައެވެ. ކޮލޮމްބިއާޔަށް ބައްދަލްކުރަންޖެހޭނީ ޕެރޫއާއެވެ ޗިލީއަށް ބްރެޒިލްއާ ބައްދަލްކުރަންޖެހޭއިރު، އާރޖެންޓިނާއާ ދެކޮޅަށް ނިކުންނާނީ އިކުއަޑޯރ އެވެ. އުރުގުއާއީއަށް ކުޅެން ޖެހޭނީ ބޮލީވިއާޔާއެވެ.ޔޫރަޕްގެ ޓީމްތައް ގްރޫޕްތަކަށް ބެހިފައިވާ ގޮތް.



ގްރޫޕް އޭ:



ނެދަރލޭންޑްސް، ފްރާންސް، ސްވިޑެން، ބެލަރުސް،
ލަގްސެމްބާރގް



ގްރޫޕް ބީ:



ޕޯޗުގަލް، ސްވިޒަރލޭންޑް، ހަންގޭރީ، ފޭރޯ
އައިލެންޑްސް، ލެތްވިއާ، އެންޑޯރާ



ގްރޫޕް ސީ:



ޖާރމަނީ، ޗެކް ރިޕަބްލިކް، ނޮދަރން އަޔަރލެންޑް،
ނޯރވޭ، އަޒަރުބައިޖާން، ސެން މަރީނޯ



ގްރޫޕް ޑީ:



ވޭލްސް، އޮސްޓްރިއާ، ސާރބިއާ، ރިޕަބްލިކް އޮފް
އަޔަރލެންޑް، މޮލްޑޯވާ، ޖޯރޖިއާ



ގްރޫޕް އީ:



ރޮމޭނިއާ، ޑެންމާރކް، ޕޮލޭންޑް، މޮންޓެނީގްރޯ،
އަރްމީނިއާ، ކަޒަކިސްތާން



ގްރޫޕް އެފް:



އިންގްލޭންޑް، ސްލޮވާކިއާ، ސްކޮޓްލޭންޑް،
ސްލޮވީނިއާ، ލިތުއޭނިއާ، މާލްޓާ



ގްރޫޕް ޖީ:



ސްޕެއިން، އިޓަލީ، އަލްބޭނިއާ، އިސްރާއީލް،
މެސެޑޯނިއާ، ލިޗްޓެންސްޓެއިން



ގްރޫޕް އެޗް:



ބެލްޖިއަމް، ބޮސްނިއާ، ގްރީސް، އެސްޓޯނިއާ،
ސައިޕްރަސް



ގްރޫޕް އައި:



ކޮރޭޝިޔާ، އައިސްލޭންޑް، ޔޫކްރެއިން، ތުރުކީ،
ފިންލޭންޑް