އެކި
ދާއިރާތަކުން ރާއްޖޭގެ ސިއްޙީ ދާއިރާ އަށް އެހީވުމަށް އިންޑިއާއިން ބޭނުންވާ  ކަމަށް  އިންޑިއާގެ ހެލްތު މިނިސްޓަރ ޖޭޕީ ނަޑާ ވިދާޅުވެއްޖެެއެވެ.
 
މިނިވަން ފަންސާހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ
ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އައިޖީއެމް ހޮސްޕިޓަލަށް
ޒިޔާރަތްކުރައްވާ އެތަން ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ
ވާހަކަފުޅުދައްކަވަމުންދެއެވެ. އެގޮތުން އައިޖީއެމް ހޮސްޕިޓަލަށް ކުރެއްވި މި
ޒިޔާރަތުގެ ސަބަބުން އެ ހޮސްޕިޓަލްގެ މަރާމާތުގެ މަސައްކަތް އެންމެ ރަގަޅަށް
ކުރެވިގެންދާނެ ގޮތްތައް އެނގިވަޑައިގެންނެވިކަމަށް އިންޑިއާގެ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ. 
 
އަދި
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ އެމްއާރުއައި
މެޝިން ބަހައްޓާނެ ތަނެއް ހަމަޖެހުނުހާ އަވަހަކަށް އެމްއާރުއައި މެޝިން
ބެހެއެްޓުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި 
ރާއްޖޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ޑައިގޮނޮސްޓިކް ސެންޓަރގެ
މަސައްކަތުގައިވެސް އިންޑިއާއިން އެހީވާނެ ކަމަށް މިނިސްޓަރ ޖޭޕީ ނަޑާ ވިދާޅުވިއެވެ.
 
މީގެ
އިތުރުން ރާއްޖެއަށް ޑޮކްޓަރުން ބޭނުންވާ ދާއިރާތަކުން ރާއްޖެއަށް އެހީވުމާއި
ސިއްޙީ ދާއިރާއިން މީހުން ތަމްރީން ކުރުމުގައިވެސް އިންޑިއާއިން އެހީވާން ބޭނުންވާ
ކަމަށް އިންޑިއާގެ ހެލްތް މިނިސްޓަރ ޖޭޕީ ނަޑާ ވިދާޅުވިއެވެ.
 
ނޫސްވެރިންނާއި
ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ
ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ އެހީތައް އިންޑިއާއިން
ރާއްޖެއަށް ދިނުމާއި ގުޅޭގޮތުން އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް
ތައްޔާރުވަމުންދާ ކަމަށެވެ.
 
އަދި
ރާއްޖެއަށް ސިއްޙީ ދާއިރާއިން ބޭނުންވާ ޑޮކްޓަރުން ހޯދައިދިނުމާއި، ސިއްޙީ ދާއިރާ
ކުރިއެވުމަށް ބޭނުންވާ ތަމްރީންތައް އިންޑިއާއިން ފޯރުކޮށްދިނުމާއި ގުޅޭގޮތުން
ދެޤައުމްގެ ދެމެދު ވާހަަކަތައް ދެކެވެމުންދާ ކަމަށް މިނިސްޓަރ އިރުތިޝާމް
ވިދާޅުވިއެވެ.
 
 އިންޑިއާގެ ހެލްތް މިނިސްޓަރ ޖޭ.ޕީ ނަޑާ
އައިޖީއެމްއެޗަށް ކުރެެއްވި ޒިޔާރަތުގައި އެތަނުގެ މަރާމާތުގެ މަސައްކަތްތައް
ކުރެވުން ދާ ގޮތާއި، ވޯޑްތަކާއި އޮޕަރޭޝަން ތިއޭޓަރ ފަދަ ތަންތަން ވަނީ
ބައްލަވާލައްވާފައެވެ.