ޚަބަރު

ހޯމް މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި


މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އަބްދުއްރަޙްމާން ޞަލާޙު ރަޝީދު އައްޔަންކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމަށް އައްޔަންކުރެއްވި އަބްދުއްރަޙްމާންއަށް މަޤާމުގެ ލިޔުން ޙަވާލުކުރުން އޮތީ ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަޤާމުގެ ލިޔުން އޭނާއާ ޙަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލީ ޝަމީމްއެވެ. މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ބައިވެރިވެވަޑައިގަތެވެ.

އަބްދުއްރަޙްމާން ޞަލާޙު ރަޝީދަކީ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ކުރިން ހުންނެވި އިބްރާހިމް ހަމީދު ވަނީ މިދިޔަ އޮކްޓޫބަރުމަހު އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އެމަޤާމަށް އައްޔަންކުރެއްވީ 2015 ވަނަ އަހަރުއެވެ.