ބެޑްމިންޓަން

އުއްމީދުކުރީ ރަންމެޑެއްޔަށް – ފިރިހެން ބެޑްމިންޓަން ޓީމް


ޓީމް އިވެންޓްގައި ފިރިހެން ބެޑްމިންޓަން ޓީމް އުއްމީދުކުރީ ރަންމެޑެއްޔަށް
ކަމަށް ޓީމްގެ ކުޅުންތެރިންނާއި، އެސޯސިއޭޝަނުން ބުނެފިއެވެ. އިއްޔެ ރިހި މެޑަލް
ކަރުގައި އަޅުވާލުމަށްފަހު އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މިއީ
ރަންމެޑަލް ލިބޭނެ ފަހަރެއްކަމަށާއި، އުއްމީދުކުރީވެސް ރަން މެޑައްޔަށްކަމަށެވެ. ނަމަވެސް
ރަނގަޅަށް މަސައްކަތްކޮށް ރިހި މެޑަލް ލިބުމުންވެސް ހިތްހަމަޖެހޭކަމަށް މޫސަ
ވިދާޅުވިއެވެ.



" ގޯލްޑް ހޯދުމުގެ ފުރުޞަތު އޮތް. ޚާއްޞަކޮށް ފިރިހެން ޓީމަށް
އެފުރުޞަތު އޮތް. ނަމަވެސް އެކަން ނުވީ، އެކަމަކު މިކާމިޔާބީއާމެދުވެސް
ހިތްހަމަޖެހޭ. ރަންމެޑެއްޔަކަށް އުއްމީދުކުރުމުން އެންމެ ހިތްހަމަ ނުޖެހުނަސް
ހިތްހަމަޖެހޭ" މޫސަ ވިދާޅުވިއެވެ.



މޫސަ އިތުރަށް ވިދާޅުވީ ކުޅުންތެރިން އިތުރު އެފަޓެއް ލައިފިއްޔާ އަދިވެސް
އެކަން ވާނެކަމަށާއި، އިންޑިވިޖުއަލް ފަސް އިވެންޓް އެބައޮތްކަމަށެވެ.



ޖުމްލަކޮށް ދަންވަނާނަމަ ލިބުނު ކާމިޔާބީއާއި މެދު ހިތްހަމަ ޖެހޭކަމަށާއި، ރަން
މެޑަލް ނުލިބުމުން އެންމެ ހިތްހަމަ ނުޖެހުނު ނަމަވެސް އިންޑިވިޖުއަލް
އިވެންޓްތަކާއި މެދު އުއްމީދު އެބައޮތްކަމަށް މޫސަ ވިދާޅުވިއެވެ. އަންހެން
ކުޅުންތެރިންވެސް އާދަޔާ ޚިލާފަށް ރަނގަޅު ކަމަށާއި ކާމިޔާބީވެސް ރަނގަޅުކަމަށް
މޫސަ ވިދާޅުވިއެވެ.



" އަންހެން ޓީމް ދެން އާދަޔާ ޚިލާފަށްކާމިޔާބުކޮށް މިފެނުނީ. އެއީ
ސަޕްރައިޒިންގ ލީ އަޅުގަނޑަށްހީވަނީ ޕޮއިންޓްސް ގުނުމުގައި އަނެއް ޓީމާއި އްވަރުވެގެން
ބްރޯންޒްއަކާއި އެއްކޮށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތިންވަނަ ލިބިގެން
މިދިޔައީ. އަންހެން ޓީމްވެސް ކުޅުން ހަމަ ވަރަށް ރަނގަޅު، ޚށާއްޞަކޮށް ފަހު
ދެދުވަހު ވަރަށް ރަނގަޅު. ފުރަތަމަ ދުވަހު ދެން ތަންކޮޅެއް ބޮޑަށްއުނދަގޫ ތަކެއް
ދިމާވި. " މޫސަ ވިދާޅުވިއެވެ.



ބެޑްމިންޓަންގެ
އިންޑިވުޖުއަލް އިވެންޓް ތައް ފަށާނީ މާދަމާއެވެ.