ރާއްޖެއިން މަރުވި ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގަިއ މަރުވި މީހުންގެ އަދަދު ވަނީ 5އަށް އިތުރުވެފައެވެ.
ނިޔާވެފައިވަނީ އުމރުުން 45 އހަރުގެ ބަންގްލަދޭޝް މީހެއްކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރަައްވައެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރޭ 10:45 ހާއިރު މަގުމަތީގައި ވެއްޓިފައި އޮތް ބިދޭސީއަކު އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ މަރުވެފައިވާކަމަށެވެ. އަދި އެމީހާ ކޯވިޑް-19އަށް ޓެސްޓުކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އެމީހާ ވަޒީފާ އަށް ނުނުކުންނަތާ ދެ މަސްވެފައިވާ ކަމަށާ އެއީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ނިޔާވި ބިދޭސީ މީހާއަކީ ހިތުގެ ބަލީގެ މީހެއް ކަމަށެވެ. އަދި އެމީހާގެ ގައިން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހާ ދިރިއިޅެމުން ދިޔައީ އިތުރު ބިދޭސީންތަކަކާއެކުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 އަށް މިމީހާ ޕޮޒިޓިވް ވުމާގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާކަމަށާއި މި މަސައްކަތުގެ ދަށުން މިހާރު 4 މީހަކު ކަރަންޓީންކޮށްފައިވަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.