ބެޑްމިންޓަން

ދެޓީމަށްވެސް މެޑަލް ލިބުމަކީ ރަނގަޅު ކުރިއެރުމެއް - ނަޝީއު


ދެ ޓީމަށްވެސް މެޑަލް ލިބުމަކީ ވަރަށް ރަނގަޅު
ކުރިއެރުމެއްކަމަށް ބެޑްމިންޓަން ޓީމްގެ ނަޝީއު ޝަރަފުއްދީން ބުނެފިއެވެ. އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަން ޓީމާއެކު ރިހި މެޑަލް ހޯދި ނަޝީއު
ޝަރަފުއްދީން ބުނީ އަންހެން ޓީމާއި، ފިރިހެން ޓީމަށްވެސް މެޑަލް ލިބުމުން
ހިތްހަމަޖެހޭކަމަށެވެ. ނަމަވެސް ގޭމްސްއަށް އައީ ރަން މެޑަލް ހޯދަން ކަމަށް ގޭމްސް
ނިންމާލުމަށްފަހު ރާއްޖެ އައުމަށް ފުރުމުގެ ކުރިން އޭނާ ބުންޏެވެ. އެހެން ނަމަވެސް
ދެން ފަހަރަކުން ގޯލްޑް މެޑަލް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ގޭމްސްގައި
ރަނގަޅު ކުޅުމެއް ދެއްކި ނަޝީއު ބުންޏެވެ."އަޅުގަނޑުމެން
އައީ އަޞްލް ގޯލްޑެއް ހޯދަން. އެކަމަކު މިފަހަރު ނުލިބުނީ. ދެން ފަހަރަކުން
އިރާދަކުރެއްވިއްޔާ ހަމަ ޔަޤީން އަޅުގަނޑުމެންނަށް ގޯލްޑެއް ލިބޭނެ." ނަޝީއު ބުންޏެވެ.