އެސްޓީއޯގެ ކާޑު އެޖެންޓުންނަށް މިހާރު އީ-ސްޓޯރ މެދުވެރިކޯށް ކާޑަށް އޯޑަރު ކުރެވޭނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ ކާޑު އެޖެންޓުން ކާޑަށް އޯޑަރުކުރުމަށް މިހާރު ބޭނުންކުރަނީ ވައިބަރއެވެ.
މާލެއެކޭ އެއް އަގެއްގައި ރަށްރަށަށްވެސް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ކާޑު އެޖެންޓުން ތިބޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި އީ-ސްޓޯރ މެދުވެރިކޮށް ކާޑަށް އޯޑަރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުން އެޖެންޓުންނަށް ފަސޭހަވެގެންދާނެކަމަށް އެސްޓީއޯއިން ދެކެއެވެ.
އެސްޓީއޯއިން ދަނީ ރައްޔިތުންނަށް ދަތިނުވާނެހެން އެޖެންޓުންނާއި ގުޅިގެން ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯގެ ފިހާރަތަކުން ލިބެން ހުންނަ ތަކެތި ފަސޭހަކަމާއި އެކު އޮންލައިންކޮށް ގަނެވޭ ޕްލެޓު ފޯމް އީ-ސްޓޯރއިން މެދުވެރިކޮށް އެސްޓީއޯ ސްޕާމާޓުންނާއި ހޯމް އިމްޕުރޫވްމަންޓުން ވިޔަފާރި ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި އީ ސްޓޯރއިން ހޯލް ސޭލްކޮށް ތަކެތި ގަންނަން ބޭނުންވާ ފާރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައެވެ.