ކައިވެނީގެ
ކުރިން ވެވޭ އެއްބަސްވުމާއި ގުޅޭ ގޮތުން މައުލޫމާތުދީ، ލީޑާރޝިޕްގެ ހުނަރު
ޒުވާނުންގެ މެދުގައި އިތުރުކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ލޯ އެންޑް
ޖެންޑަރގެ ފަރާތުން އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ޝީ
ބިލްޑިންގްގައި 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންގޮސްފައިވާ މި
ޕްރޮގްރާމްގައި ޖުމްލަ 15 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ޕްރޮގްރާމްގެ
ބައިވެރިންނަށް ހަދާނީ ލިޔުން ހަވާލްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ
ލޯ އެންޑް ޖެންޑަރ މަރިޔަމް އަޒްރާ އަޙުމަދުއެވެ.
ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަދާނީ ލިޔުން
ދިނުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރގެ ސޯޝަލް
ޑިވެލޮޕްމަންޓް އޮފިސަރ މަހްފޫޒާ ވަހީދް ވިދާޅުވީ އެ މިނިސްޓްރީގެ ބައެއް
މަސައްކަތްތަކާއި ގުޅޭ މައުލޫމާތުވެސް ޕްރޮގްރާމްގެ ބައިވެރިންނާއި ހިއްސާ
ކުރެވިފައިވާނޭ ކަމަށެވެ.