މިނިވަން ފަންސާސް ބައިބަލާ މުބާރާތުގެ ފައިނަލަށް ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފިއެވެ.ރޭ ކުޅުނު ސެމީފައިނަލްގައި ހައްހާ ވައި ކަންމައްޗާއި ބައްދަލުކޮށް ކުޑަހެންވޭރު ފައިނަލުން ޖާގަ ކަށަވަރުކުރީ ސީދާ ދެގޭމުން ކުރި ހޯދައިގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ކުޑަހެންވޭރު ޔުނައިޓެޑްގެ އަޙްމަދު އަފްޝަންއެވެ. ސެމީފައިނަލް ދެވަނަ މެޗް ބީޖީ ސްޕޯޓްސް ކްލަބް ކާމިޔާބުކުރީ ބުރު ސްޕޯޓްސް ކްލަބާއި ވާދަކޮށް ސީދާ ދެގޭމުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ބީޖީ ސްޕޯޓްސް ކްލަބްގެ ފަރުހު ޝާމްއެވެ. މިމުބާރާތުގެ ފައިނަލް މެޗް ފަށާނީ މިރޭ ނުވަގަޑި ބައިގައި ހެންވޭރު ބައިބަލާ ކުޅޭ ސަރަޙައްދުގައެވެ.ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ ފައިނަލް މެޗް ޕީއެސްއެމްގެ ޓީވީއެމުން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެެވެ.