ޚަބަރު

ޝާޙް އަލަމް މަރާލި މައްސަލާގައި ބަބުލް މިއާއާ ދެކޮޅަށް ދަޢުވާ އުފުލައިފި


ތ.ގުރައިދޫގައި ބިދޭސީން ހިންގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ ޝާޙް އަލަމް މަރާލި މައްސަލާގައި އެނާއަށް ހަމަލާދިން ބަންގްލަދޭޝް މިހާއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ދަޢުވާ ހުށައަޅައިފިއެވެ.

ޝާޙް އަލަމް މަރާލި މައްސަލާގައި ދަޢުލަތުން ދަޢުވާ ހުށައަޅާފައިވަނީ އޭނާއަށް ހަމަލާދިން ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކާދެކޮޅަށެވެ. ބަބުލް މިއާ ނަމަކަށް ކިޔާ މި މީހާއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

21 މޭ 2020 ދުވަހު ޝާޙް އަލަމްއަށް ތޫނުއެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ތ.ގުރައިދޫ ކަންޑަރު ސަރަޙައްދުގައިހުރި ސައިޓެއްގެ ތެރޭގައި ފުން ޒަޚަމްތަކަކާއެކު އޭނާ މަރުވެފައިވަނީ ޝާޙް އަލަމްއާ ބަބުލް މިއަހްއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައިކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ބަބުލް މިއަހްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ ބަބުލް މިއަހަށް މަރުގެ އަދަބު އަންނާނެއެވެ.