ޚަބަރު

ހުޅުމާލޭގައި ހުންނަ އެމްޑަބުލިޔުއެސްސީ އާއި ސްޓެލްކޯ އިމާރާތް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހުޅުމާލޭގައި ފެނާ ކަރަންޓުގެ ޚިދުމަތްދޭ ދެއިމާރާތުގެ ދެމެދުގައި އޮތް ބިމުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލެ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އިމާރާތުގެ ދެމެދުން އޮތް ބިމުގައިހުރި ކުނިތަކެއްގައި ރޯވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައިކަމަށެވެ.

ފަތިހު 5:30ގައި މިކަމުގެ ރިޕޯޓް ލިބުމާއެކު ފަޔަރޓީމް އެސަރަހައްދަށްގޮސް 06:02ގައި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާއި މުދަލަކަށް އަދި ތަނަކަށްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.