ޚަބަރު

ފާމަސީއަކަށްދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި


މަލޭގައި ފާމަސީއަކަށްދިޔަ އަންހެނަކަށް ޖިންސީގޯނާ ކުރިމައްސަލާގައި ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފާމަސީއަކަށްދިޔަ އަންހެނަކަށް ޖިންސީގޯނާކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭގައިކަމަށާއި ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި 50 އަހަރުގެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބަހައްޓަން މުއްދަތުދީފައިވާކަމަށެވެ.

ފާމަސީއަށް ބޭސް ގަންނަން ދިޔަ އަންހެންމީހާ އެތަނުގައި ހުއްޓައި ފާމަސީ އެސިސްޓެންޓަކު އެއަންހެން މީހާއަށް ޖިންސީގޯނާކޮށްފައިވާކަމަށާއި އެކަންކުރީ އިންޑިއާއަށް ނިސްބަތްވާ މީހެއްކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިމައްސަލަ އިތުރަށް ތަޙްޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.