ޚަބަރު

ފުއްޕާމޭގައި ކާއެތިކޮޅެއް ތާށިވި ކުއްޖާ ފަރުވާއަށް ފުރައިފި


ފުއްޕާމޭގައި ކާއެތިކޮޅެއްތާށިވެ އޮޕަރޭޝަނެއްކުރަން އިންޑިއާއަށް ފުރަން އުޅެނިކޮށް ކޯވިޑް-19އަށް ޕޮޒިޓިވްކަމަށް ނަތީޖާ ލިބިގެން ނުފުރުނު ކުޑަކުއްޖާއާއި އޭނާގެ އާއިލާ މިރޭ އިންޑިއާއަށް ފުރައިފިއެވެ.

ފުއްޕާމޭގައި ކާއެތިކޮޅެއް ތާށިވެ ނޭވާލާން އުނދަގޫވެގެން ރާއްޖެއިންވެސް އެއް އޮޕަރޭޝަންކޮށްފައިވާ އެއް އަހަރުގެ އެކުއްޖާއާއި އާއިލާ މިދިޔަ މަހުގެ 29ވަނަ ދުވަހު އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށްދާން ޕްލައިޓަށްވެސް އެރިފަހުން ކޯވިޑް-19ގެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެގެންކަމަށްބުނެ ވަނީ ފްލައިޓުންބާލާފައެވެ. ނަމަވެސް ކުޑަކުއްޖާ ކޯވިޑް-19އަށް ޕޮޒިޓިވް ނުވާކަމަށާއި، އެކުއްޖާއާއި އެހީތެރިން އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެތްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ މިދިޔަ ހުކުރުދުވަހު ހާމަކޮށްފައެވެ.

ތުއްތުކުއްޖާގެ ފުރަތަމަ އޮޕަރޭޝަން ރާއްޖެއިން ކާމިޔާބު ނުވުމުން ޑޮކްޓަރުންވަނީ ވީއެންމެ އަވަހަށް ރާއްޖެއިން ބޭރުން އޮޕަރޭޝަންކުރުމަށް ލަފާދީފައެވެ. ނަމަވެސް ކޯވިޑް-19ގެ ނަތީޖާ ފުރަތަމަ ދެއްކިގޮތުން ޖުލައި 31ގައި އެނާގޮވައިގެން ޢާއިލާއަށް ނުފުރުނެވެ. އޭގެ ހަފްތާއެއްފަހުން ކޯވިޑް-19އާ ގުޅިގެން އޮތް ޚާއްސަ ޙާލަތުގެތެރޭގައި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުންވަމުންދާ މީހުންގެ ތެރެއިން މިރޭ ފުރި ހަތަރުވަނަ ގްރޫޕްގައި މިއާއިލާވެސް ހިމެނެއެވެ.

އިންޑިއާ ވިސާ ހަމަޖައްސައި އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑް-19އަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކު އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް މިރޭ އިރުއޮއްސި 18:30ގައި ފުރި މޯލްޑިވިއަންގެ ފްލައިޓްގައި އެ ތުއްތުކުއްޖާ ގޮވައިގެން އިންޑިއާއަށް ދިޔައީ އޭނާގެ މަންމައާއި ބައްޕައެވެ. އޭނާއަށް ފަރުވާދެނީ އިންޑިއާގެ ތިރުވަނަންތަޕޫރަމުންނެވެ.

އާސަންދައިގެ ދަށުން ދިވެހިން ބޭރަށް ފޮނުވުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައްޔައް ޓެސްޓްނުކޮށް މީގެ ކުރިން އިންޑިއާއަށް ފޮނުވުމުން ބައެއް މީހުން އެ ޤައުމަށް ދިއުމުން ޕޮޒިޓިވް ވެފައިވުމުން އުސޫލަށް ބަދަލު ގެނެސްފައިވާކަމަށާއި އެގޮތުން މިހާރު އިންޑިއާއަށް ފޮނުވާއިރު ބައްޔަށް ޓެސްޓްކުރާކަން އެޗްއީއޯސީން ފާހަގަކުރެއެވެ.

ޓެސްޓްކުރުމާއި ނަތީޖާ ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމުގެ ޕްރޮސެސް އަވަސްކުރުމަށް އަނގަބަހުން ނަތީޖާ ބަލިމީހުންނަށް އަންގާއިރު މިހެން ކަންތައް ކުރުމުގެ ސަބަބުން އޮޅުން އަރަމުންދާކަމަށާއި އެގޮތުން ކޯވިޑް19އަށް ޕޮޒިޓިވްވެގެން ފްލައިޓުން ބޭލިކުއްޖާ ބައްޔަށް ޕޮޒިޓިވްވިކަމަށް އެންގުނީވެސް މިފަދަ މައްސަލައެއްގެ ސަބަބުންކަން އެޗްއީއޯސީން ހާމަކުރެއްވިއެވެ. ޑިއާއަށް ގޮސްފައިވެއެވެ.