ޚަބަރު

މަސްތުވާތަކެއްޗާއެކު ކާށިދޫން ފުލުހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއެކު މާލެއަތޮޅު ކާށިދޫން ފުލުހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ 33 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ މަސްތުގެ ހާލަތުގައިހުރިކަމުގެ ތުހުމަތުކުރެވިގެން މިއަދުކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު 3 ޕެކެޓް ފެނިފައިވާކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޔޫރިން ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މީނާއަކީ ފުލުހުންގެ ވަޒީފާގައި އެހެން ރަށެެއްގައި އުޅުމަށްފަހު ކާށިދުއަށް ޗުއްޓީއަކަށްކަމަށާއި އޭނާގެ ބަންދަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަސް އިތުރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ތަޙްޤީގުކުރަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.