ޚަބަރު

ކޯވިޑް-19 : މިއަދު 129 މީހުން ޕޮޒިޓިވްވެ 37 މީހުން ރަނގަޅުވެއްޖެ


ރާއްޖެއިން މިއަދުވެސް ކޯވިޑް-19އަށް އިތުރު 129 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 128 މީހަކާއި ރޯޔަލް އައިސޮލޭޝަންގައި ހުރި 1 މީހެކެވެ. އެއީ 93 ދިވެހިންނާއި، ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާ 9 މީހަކާއި ނޭޕާލްގެ 1 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 4898 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ.

މިވަގުތު ރާއްޖޭގައި މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2088 މީހުންނެވެ. އޭގެތެރެއިން 144 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ. އަދި 1481 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދެއެވެ. ތަކުރާރުކޮށް ނެގި ސާމްޕަލްތަކާއެކު މިހާތަނަށް ރާއްޖެއިން 87632 ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ވަނީ 1170 ސާމްޕަލް އެއް ޓެސްޓްކޮށްފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޕެންޑިން ސާމްޕަލްގެ ގޮތުގައި 660 ސާމްޕަލްއެއް އެބައޮތެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވެފައިވަނީ 19 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 37 މީހުންނެވެ. މިއާއެކު މިހާތަނަށް 2791 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ންޒަލާ ރަފީޤް ވިދާޅުވީ މިވަގުތު އައިސީޔޫގައި 9 މީހަކަށް ފަރުވާ ދެމުންއަންނަކަމަށެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11 ގައި 2 މީހަކަށް އަދި ހުޅުމާލެ މެޑިކަލް ފެސިލީޓީގައި 7 މީހަކަށް ފަރުވާދެމުންދާއިރު އެކަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

ނަޒްލާ ވިދާޅުވީ މިވަގުތު ވޯޑްތަކުގައި 135 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. މިގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-16 ގައި 4 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކަށްވެސް އަންނަނީ ފަރުވާދެމުންނެވެ. އަތޮލޫތަކުގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީސްތަކުގެ ތެރެއިން ށ.ފުނަދޫ އަދި ބ.އޭދަފުށި މެޑިކަލް ފެސިލިޓީގައި 1 އަށް އަންނަނީ ފަރުވާދެމުންނެވެ.