ޚަބަރު

ކޯވިޑް-19 : ށ. އަތޮޅުގައި ފަރުވާދިން އުމުރުންދުވަސްވީ މީހަކު ބަލިން ރަނގަޅުވެއްޖެ


ށ. ފުނަދޫ މެޑިކަލް ފެސިލިޓީގައި ފަރުވާދިން އުމުރުންދުވަސްވީ މީހަކު ބަލިން ރަނގަޅުވެޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދޭ ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ މީހާ ބަލިން ރަނގަޅުވެ އެ ފެސިލިޓީން ދޫކޮށްލާފައިވާކަމަށެވެ. އެހެންކަމުން މިއަދު ދޫކޮށްލި އެމީހާވެފައި ވަނީ މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދިނުމަށްފަހު ބަލިން ރަނގަޅުވި ފުރަތަމަ މީހާއަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފެސިލިޓީއެއްގައި ފަރުވާދިނުމަށްފަހު މީހަކު ރަނގަޅުވުމަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރި ފެސިލިޓީތަކުގައި މިބަޔަށް ފަރުވާދެވޭނެ ފެންވަރު ހުރިކަން ހާމަވާ ކަމެއްކަމަށެވެ.

އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ހުރިހާ ކޯވިޑް ފެސިލިޓީއެއްގެ މަސައްކަތް ނިންމައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އަތޮޅުތަކުގެ 7 ސަރަޙައްދެއްގައި ޤާއިމްކުރި ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި ތައްޔާތުކުރި ފެސިލިޓީ ޚާއްސަކޮށްފައިވަނީ ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މި ފެސިލިޓީގައިވެސް ވެންޓިލޭޓަރުގެ ފަރުވާ ހިމެނޭހެން އައިސީޔޫގައިވެސް ޚިދުމަތްދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިތަނުގައި 20 އައިސީޔޫ އެނދާއި 30 އައިސޮލޭޝަން އެންދުހުރެއެވެ.

ރާއްޖެއިން މިހާތަނަށް 5366 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެފައި ވާއިރު މީގެ ތެރެއިން 2884 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.