ޚަބަރު

އެޗްޑީއެފްސީން މީރާގެ މުއައްޒިފުންނަށް ލޯނު ދޫކުރަނީ


ބޯހިޔާވަހިކަމާގުޅޭ ކަންކަމަށް މީރާގެ މުއައްޒަފުންނަށް
ލޯނުލިބިދިނުމާބެހޭ އެއްބަސްވުމެއްގައި އެޗްޑީއެފްސީއާއި މީރާއާ ދެމެދު ސޮއިކޮށްފިއެވެ.

މިއަދު މީރާގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި
މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ކޮމިޝަނަރ ޖެނެރަލް
އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން މީރާގެ
މުއައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
އެގޮތުން މިއެއްބަސްވުމުގެ ދަށުން ގެދޮރުކުއްޔަށް ހިފުމާއި ގެދޮރަށް ބޭނުންވާ
ފަރުނީޗަރު ފަދަ ސާމާނު ގަތުމުގައިވެސް ކުޑަ އިންޓަރެސްޓް ރޭޓެއްގައި
ހެޗްޑީއެފްސީން ލޯނު ލިބުމުގެ ފުރުޞަތު އޮންނާނެކަމަށް ޔަޒީދު ވިދާޅުވިއެވެ.



ހައުސިންގ ޑިވޮލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުގެ
ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޑރ
ޕްރިޔަންކާ ބައްދަވިތާނައެވެ.

އެޗްޑީއެފްސީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން
މީރާގެ މުއައްޒަފުންނަށް އިސްލާމިކް ފައިނޭންސްގެ އުސޫލުން ނުވަތަ ކޮންވެންޝަނަލް އުސޫލުންވެސް
ފައިސާދޫކުރެވިދާނެކަމަށާ،އަދި ރާއްޖޭގައި ދެވޭ އެންމެ ދިގުމުއްދަތެއް، މި ލޯނުތަކަށް
ފައިސާ ދެއްކުމަށް ދެވޭނެކަމަށެވެ. މީގެ އިތުރުން ލޯނުތައްދޫކުރާނީ އާންމުކޮށް
ބޭންކުތަކުން ނަގާ އިންޓަރެސްޓް ރޭޓަށްވުރެ ކުޑަ ރޭޓެއްގައިކަމަށްވެސް
އެޗްޑީއެފްސީން މައުލޫމާތުދެއެވެ.