ޚަބަރު

ކޯވިޑް-19 : މިއަދު 100 ދިވެހިން ޕޮޒިޓިވްވި، ރަނގަޅުވީ 139 މީހުން


މިއަދު ރާއްޖެއިން 124 މީހުން ކޯވިޑް-19އަށް ޕޮޒިޓިވެވެ 139 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 118 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 6 މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި ބަންގްލަދޭޝްގެ 16 މީހެއްގެ އިތުރުން އިންޑިއާގެ 3 މީހުންނާއި ނޭޕާލްގެ 2 މީހަކާއި ފިލިޕީންސްގެ މީހަކާއި އޮސްޓްރޭލިޔާގެ މީހެއްގެ އިތުރުން ޔޫކްރެއިންގެ މީހެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުމިވަނީ 5909އަށް އިތުރުވެފައެވެ. އަދި މިހާރު ރާޢްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވެސް ވަނީ 2389އަށް އިތުރުވެފައެވެ. މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 138 މީހަކަށެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެތެރޭގައި 3324 ދިވެހިން ހިމެނެއެވެ. ބިދޭސީންގެ ޢަދަދަކީ 2585 އެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން މިއަދު 139 މީހުންވަނީ ރަނގަޅުވެފައެވެ. މިއާއެކު ރަނގަޅުވި މީހުންގެ ޢަދަދުވަނީ 3488އަށް އިތުރުވެފައެވެ.

ރާޢްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރާއްޖެއިން މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދުވެސް ވަނީ އިތުރު ދިވެއްސަކު މި ބަލީގައި ނިޔާވެފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މި ބަލީގައި މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 64 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 23އަށް އަރާފައެވެ. މިހާތަނަށް މިބަލިޖެހިގެން ނިޔާވެފައިވަނި 17 ދިވެހިންނާއި 6 ބިދޭސީންނެެވެ.

މި އޮގަސްޓް މަސް ފެށުނު ފަހުން މި ބަލީގައި މިހާތަނަށް 7 މީހަކު ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ.