ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 96 މީހުން، ބަލިން ރަނގަޅުވީ 101 މީހުން


މިއަދު ރާއްޖެއިން އިތުރު 96 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 101 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި އެންމެންނަކީވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންކަމަށާއި މި 96 މީހުންގެ ތެރޭގައި 64 ދިވެހިން ހިމެނޭކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ. ދިވެހިންގެ އިތުރުން މިއަދު ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 26 މީހަކާއި ސްރީލަންކާގެ 4 މީހެއްގެ އިތުރުން އިންޑިއާގެ މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ 6660އަށް އިތުުރުވެފައެވެ.

މިއަދު ބަލިން ރަނގަޅުވި 101 މީހުންނާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4113އަށް އިތުުރުވެފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި މިވަގުތު 21 ރަށެއްގައި އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައިވާ މީހުން އެބަތިބިކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި 10 ރިސޯޓެއްގައިވެސް މިބައްޔަށް ޕޮޒިޓިވްވް މީހުން އެބަތިއްބެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހުނު 169 މީހުން އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. މިހާތަނަށް މިބަލީގައި 26 މީހަކުވަނީ ނިޔާވެފައެވެ.